މިއަދު ހަވީރު ހުޅުމާލޭގެ ޙާންޖީ ކެފޭ ތެރޭގައި ހންގި މާރާމާރީއެއްގައި ނިޔާވި ބަނގުލަދޭޝް މީހާ މަރާލި ޕާކިސްތާން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 26 އަހަރުގެ މުހައްމަދު އަބީދު ނަމަކަށްކިޔާ ޕާކިސްތާނުގެ ފިރިހެނެކެވެ.
އިއްޔެ ހަވީރު ހުޅުމާލޭ ހާންޖީ ކެފޭ ތެރޭގައި މަރާލި ބަންގްލަދޭޝް މީހާއަކީ އެތަނުގައި އުޅޭ ވޭޓަރެކެވެ. އަދި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާއަކީ އެތަނުގެ ކައްކާއެވެ. ބަނގުލަދޭޝް މީހާއަށް ޙަމަލާދީފައި އޮތް ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު، އެވީޑިއޯގައި އޭނާގެ ކަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާތަން ފެނެއެވެ. އަދި އެކެފޭގެ މުވައްޒަފުން އޭނާއަށް އިތުރު ފަރުވާދޭ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
މިމައްސަލައާއި ގުޅިގެން ޕާކިސްތާން މީހާ ހޯދަން ފުލުހުން އެދުނު ނަމަވެސް ފުލުހުން ބުނީ އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށާޢި، އަބީދު ފެނުނު ނަމަވެސް އޭނާއާ ކުރިމަތި ނުލައި ފުލުހުންނަށް ރިޕޯޓުކުރުމަށެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

