ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ދާދި ފަހުން ހުޅުވި އިބްނަމޯ ރެސްޓޯރެންޓް އަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކަސްޓަމަރުންގެ މަގުބޫލުކަން ހޯދި ރެސްޓޯރެންޓެކެވެ. ހިތްގައިމު ބަގިޗާ މާހައުލަކާއި ވީއައިޕީ ހިމެނޭ މި ރެސްޓޯރެންޓް އަކީ ޖާގަ ތަނަވަސް، ޚިދުމަތް ރަނގަޅު ރެސްޓޯރެންޓެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ.
މިއަހަރުގެ ރޯދަމަހާއި ދިމާކޮށް އިބްނަމޯއިންވަނީ ކަސްޓަމަރުންނަށް ތަފާތު ރޯދަ މެނޫ އެއް ތައާރަފްކޮށްފައެވެ. 4 ޕެކޭޖެއް ހިމެނޭ މި މެނޫގެ އަގު ފެށެނީ ބޮލަކަށް 75 ރުފިޔާއިންނެވެ.
އިބްނަމޯގެ ރޯދަ މެނޫ އަށް ގިނަބަޔެއްގެ ސަމާލުކަން ލިބިގެން ދަނީ ހަމަ އެކަނި ޕެކޭޖްތަކުގެ އަގަކަށް އެކަންޏެއް ނޫނެވެ. ޕެކޭޖުގައި ހިމެނިފައިހުރި ކެއުމުގެ ބާވަތްތަކަށް ވެސް ގިނަބަޔެއްގެ ސަމާލުކަން ލިބިފައިވާއިރު، އިބްނަމޯގެ ރޯދަ މެނޫގެ ޕެކޭޖްތަކުގެ ތެރޭގައި ދިވެހި ކެއުންތަކާއި، އިންޑިއަން ފުޑްގެ އިތުރުން އިޓާލިއަން ގެ ބައެއް ބާވަތްތަށް ވެސް ހިމެނެއެވެ.

އިބްނަމޯއިން މައުލޫމާތު ދޭގޮތުގައި، އިބްނަމޯގެ ރޯދަ މެނޫ ތައްޔާރުކޮށްފައިވަނީ ވަރަށްވެސް ގިނަ ކަންތައްތަކަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް ރޯދަ ވީއްލަން ރަނގަޅު އެއްޗެހި މެނޫގައި ހިމަނާފާއިވާނެ ކަމަށާއި، މެނޫގެ އަގުތަކަކީ ވަރަށް އެކަށީގެންވާ އަގުތަކެއް ކަމަށެވެ.

އިބްނަމޯގެ ރޯދަ މޭނޫ
އިބްނަމޯގެ ރޯދަ މޭނުގައި ގިނަ ވައްތަރެއްގެ ޖޫހައި ފަނި ހިމެނޭއިރު ހެދިކާ އާއި، ޕިއްޒާ ފަދަ ބާވަތްތަކުގެ އިތުރުން ކޮންމެ ކަސްޓަމަރަކަށްވެސް، ކޮފީ ސައި އަދި ޑެޒާރޓް ލިބެއެވެ. އިބްނަމޯއިން ވަނީ ސިއްޙަތަށް ލޯބި ކުރާ ކަސްޓަމަރުންނަށްވެސް މޭވާ އާއި ސެލެޑް ހިމެނޭހެން ރޯދަ މެނޫގެ ޕެކޭޖްތެރޭގައި ހިމަނާފައެވެ.
އިބްނަމޯގެ ރޯދަ ވީއްލުން ތައްޔާރު ކުރެވެނީ މަދުވެގެން ފަސް މީހުންގެ ގްރޫޕަކަށެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 3 ޖެހުމުގެ ކުރިން އިބްނަމޯގެ ހޮޓްލައިން ނަންބަރ 7370007 އަށް ގުޅުއްވައިގެން ރޯދަ ވީއްލުމަށް ނަންނޯޓު ކުރެއްވުމަށް އިބްނަމޯއިން އެދެއެވެ.

