އެޑިޓަރުގެ ނޯޓް: "ގޯސިޔާ ރޯދަ މެނޫ" މި އަޓިކަލް ފޭސްބުކްގައި ޝެއާ ކުރައްވައިގެން ގުރުއަތުން ހޮވޭ ފަރާތަކަށް ގޯސިޔާ ރެސްޓޯރެންޓުން ދެމީހަކަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމަށް ގޯސިޔާއިން ވަނީ ނިންމާފައެވެ. މި އާޓިކަލް ޝެއާ ކުރައްވާ ބޭފުޅުންގެ މެދުގައި ނެގޭ ގުރުއަތުލުން އޮންނާނީ، 27 އޭޕްރީލް ވާ ބުދަ ދުވަހު އެވެ.
ގިނަ ދުވަސް ތަކެއް ވަންދެން ތިނަދޫގައި ރެސްޓޯރެންޓުގެ ޚިދުމަތް ދެމުންދާ ގޯސިޔާ ދާދި ފަހުން ބޮޑު ބަދަލުތަކަކާއި އެކު ވަނީ އަލުން ހުޅުވާލާފައެވެ. މި ޒަމާނަށް ފެތޭ ގޮތަށް އިންޓީރިއާ އާއި ޚިދުމަތަށް ބަދަލު ގެނެސް ގޯސިޔާ އަލުން ހުޅުވާލުމާއި އެކު ގިނަ ކަސްޓަމަރުން ތަކެއް ވަނީ ގޯސިޔާގެ އާއިލާގައި ހިމެނިފައެވެ.
އެހެން ރެސްޓޯރެންޓް ތަކޭވެސް އެއްގޮތަށް ގޯސިޔާއިން ވަނީ މި ހިނގަމުންދާ ރޯދަމަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، ކަސްޓަމަރުންނަށް ރޯދަ ވީއްލުމަށް "ގޯސިޔާ އިފްތާރ މެނޫ" ތަޢާރަފް ކޮށްފައެވެ. އެގޮތުން ގޯސިޔާގެ އިފްތާރ މެނޫ އަކީ ގިނަ ބަޔަކަށް ރަނގަޅު މެނޫ އެއްކަން ގޯސިޔާ އިން މިއަދާއި ހަމަޔަށް ރޯދަ ވީއްލުން ތަކަށް ދާ މީހުންގެ އަދަދަށް ބަލާލުމުން އެނގެއެވެ.
80 ރުފިޔާ އިން ފެށިގެން 150 ރުފިޔާ އާއި ދެމެދުގެ 3 ޕެކޭޖެއް ގޯސިޔާ އިފްތާރ މެނޫގައި ހިމެނޭއިރު، ކޮންމެ މެނޫ އެއްގައިވެސް ތަފާތު މީރު ރަހަތަށް އެކުލެވޭ ރަނގަޅު ބާވަތްތަށް ހިމެނެއެވެ. މީގެ އިތުރުން 10 މީހެއްގެ ގްރޫޕަކަށް އިތުރު 1 އެއްގެ ރޯދަ ވީއްލުން ހިލޭ ލިބެއެވެ.

ގޯސިޔާ ރެސްޓޯރެންޓުގެ އިފްތާރ މެނޫ
ހިތްގައިމު މާހައުލެއްގައި ޖީބަށް ލުއިކޮށް ރޯދަ ވީއްލުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެފުރުސަތު ގޯސިޔާއިން ހުޅުވާފައިވާއިރު، އެ ރެސްޓޯރެންޓުގެ އިފްތާރ މެނޫ ތަޖުރިބާ ކުރި ބައެއް ކަސްޓަމަރުން ބުނާގޮތުގައި ގޯސިޔާގެ އިފްތާރ މެނޫގައި ހިމެނޭ ކާއެއްޗެހީގެ ރަހަ އަކީ ތިނަދޫ އެހެން ރެސްޓޯރެންޓަކުން ހޯދުމަށް ދަތި އެހާމެ މީރު ރަހަތަކެއް ކަމަށެވެ.

ގޯސިޔާ ގެ ރޯދަވީއްލުމެއްގެ ތެރެއިން— ފޮޓޯ: ގޯސިޔާ/ގާފު
އަހަރެއްހާ ދުވަހުގެ މުއްދަތަށް މަރާމާތަށް ބަންދު ކުރުމަށް ފަހު އަލުން ގޯސިޔާ ރެސްޓޯރެންޓް ހުޅުވި ދުވަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގޯސިޔާގެ ވެރިޔާ ޢުމަރު ވާއިލް މަހުމޫދު ވިދާޅުވީ އަލުން ގޯސިޔާ ހުޅުވިގެން މިދިޔައީ މުޅި ހުވަދު އަތޮޅަށް އާ ރަހަތަކެއް ތައާރަފު ކުރުމާއެކު ކަމަށާއި އެގޮތުން ފާހަގަ ކޮށްލެވޭ އެއް ރަހައަކީ މަޝްހޫރު އިޓާލިއަން ފުޑްގެ ރަހަތައް ކަމަށެވެ.
ގޯސިޔާގެ އިފްތާރ މެނޫ ތަޖުރިބާ ކޮށްލެއްވުމަށް ކޮންމެ ދުވަހެއްގެ މެންދުރު 12 އާއި މެންދުރު ފަހު 3:30 އާއި ދެމެދު އެ ރެސްޓޯރެންޓްގެ ފޯން ނަންބަރު 6842063 އަށް ގުޅުއްވައިގެން ރިޒަވޭޝަން ހެއްދެވުމަށް ގޯސިޔާއިން އެދެއެވެ.

