މާލޭގައި ގަރާޖެއްގައި މިއަދު ހަވީރު އަލިފާން އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 16:26 އެހާކަންހާއިރު ގަލޮޅު ރަށްދެބައި މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި ގ. ކޮލަމްބިއާ ގޭގެ ގަރާޖްގައެވެ. މިހާދިސާގައި ގަރާޖު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައިވެސް ވަނީ ރޯވެފައެވެ. ގަރާޖު ކައިރީގައި ޕާކުކޮށްފައި ހުރި ގިނަ ސައިކަލްތައް ވަނީ ސަލާމަތްކޮށްފައެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެގަރާޖަށް ވަނީ ގިނަ ގެއްލުންތަކެއް ވެފައެވެ. އެމްއެންޑީއެފުން އަލިފާން ނިއްވާލެވުނީ ހަވީރު 4:53 އެހާކަންހާއިރުއެވެ.
އެ ގަރާޖްގައި ރޯވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
އެ ގަރާޖްގައި ވަރަށް ބޮޑަށް ރޯވެފައިވާތީ އެ ސަރަހައްދަށް އެއްވި މީހުން ދުރައް ޖެއްސުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ގަރާޖްގައި ހުރި ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

