މި ފޯރަމްގެ މައުޟޫއަކަށް ވެފައިވަނީ “އެންމެ ހެޔޮ އިންސާނާގެ ހަޔާތްޕުޅުގައި އިޖުތިމާއީ ގުޅުން” އެވެ. އިސްލާމިކް މިނިސްޓރީން ހާމަކޮށްފައިވާގޮތުގައި މިރޭގެ އިހުޔާ ފޯރަމްގައި ތަގުރީރުކޮށްދެއްވާނީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚު މުހައްމަދު އަނީލު އާއި ދެބޭފުޅުންނެވެ.
ފުވައްމުލަކުގައި މިރޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިހުޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މިރޭ 9:30 ގައި ފަށަން ހަމަޖެހިފައިވާ މި “އިހުޔާ ފޯރަމް” ޓީވީއެމުންނާއި އިސްލާމިކް މިނިސްޓްރީގެ ސޯޝަަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީ އަހަރުތަކާ ތަފާތުކޮށް، އިސްލާމިކް މިނިސްޓްރީން މިއަހަރު، އިހުޔާ ފޯރަމް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެހެން އަހަރުތަކާއި ތަފާތުކޮށް، މިއަހަރުގެ ފޯރަމް، މާލެ ފިޔަވައި، ރާއްޖޭގެ އެހެނިހެން ހިސާބުތަކުން ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދު އާއި ރ. ދުވާފަރުން ވެސް ފޯރަމް ގެނެސް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

