މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ރާއްޖެއަށް 453 ކޯޓާ ސަޢުދީ ޢަރަބިއްޔާއިން ދީފިއެވެ.
ސައުދީން އާންމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން ރާއްޖޭއަށް މިއަހަރު 453 ކޯޓާ ދީފައިވާއިރު މިއީ މި ފަހުގެ ތާރީހެއްގައި އެންމެ މަދުން ރާއްޖެ އަށް ކޯޓާ ލިބުނު ފަހަރަށެވެ.
ސައުދީން ރާއްޖެއަށް މިއަހަރު 453 ކޯޓާ ދީފައިވާއިރު މިއަހަރު ރާއްޖެއަށް ލިބޭ ކޯޓާގެ ޢަދަދު ދަށްވާނެ ކަމަށް ސައުދީން މީގެ ކުރިން އަންގާފަައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ސައުދީން ނެރެފައިވާ ލިސްޓުގައިވާ ގޮތުން މިއަހަރު އެންމެ ގިނަ ހައްޖު ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއިންނެވެ. އިންޑޮނޭޝިއާއަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ދެން އެންމެ ގިނަ ކޯޓާ ދީފައިވަނީ ޕާކިސްތާނަށެވެ. އެގައުމަށް 81،132 ކޯޓާ ސައުދީން ވަނީ ދީފައިވެއެވެ.
މިއަހަރު ހައްޖު ކޯޓާ ކަމަށް ސައުދީން ނެރުނު ލިސްޓުގައި ރާއްޖެއަށް 453 ކޯޓާ ކަމަށް އޮތް ނަމަވެސް، ރަސްމީކޮށް މިނިސްޓްރީއަށް އަންގާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރަން ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ

