މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 3.50 ރުފިޔާ ބަހަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތިދުވަހު އެމްޓީސީސީން ބޭއްވި އަހަރީ އާންމުު ޖަލްސާގައި އެކުންފިނުން ނިންމާފައިވަނީ ހިއްސާއަކަށް 3.50 ރުފިޔާ ބަހާށެވެ. އެގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ފާސްކޮށްފައިވަނީ މިދިޔައަހަރުގެ ހިއްސާގެ ފައިދާ ޖުމްލަ 28 މިލިއަން ރުފިޔާ ބަހާށެވެ.
އެމްޓީސީސީ އިން ވިދާޅުވެފައިވަނީ ހިއްސާގެ ފައިސާ ލިބޭނީ މި މަހުގެ 18ގެ ނިޔަލަށް ކުންފުނީގެ ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
ހިއްސާގެ ފައިދާއަށް ބަހާ އަދަދު ފާސްކުރާނީ މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާން ކޮށްފައި ނުވެއެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް 224 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

