ކަނޑުމަތީ އޮޔާދިޔަ މީހަކު ސަލާމަތްކޮށްފިއެވެ.
ކަނޑުމަތީ ފުލުހުން ވިދާޅުވީ ބަނާނާ ރީފް ކައިރިން އޮޔާދަނިކޮށް މީހަކުު ސަލާމަތްކުރި ކަމަށާއި އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
މިއަދު މެންދުރު 13:05 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީ ބޭރުން މޫދަށް އެރިގެން އުޅުނު މީހަކު އޮޔާދަނިކޮށް މެރިން ފުލުހުންނަށް ވަނީ ފެނިފައެވެ. އޭނާ ފެނުމުން ފުލުހުން އޭނާ ސަލާމަތް ކުރުމަށްފަހު މިހާރުވަނީ ހުޅުމާލެ ފުލުހުންނާއި ހަވާލުކޮށްފައެވެ.
އެހެންނަމަވެސް އެމީހާ އާއި ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

