ފިޔޯރީގެ 3 އަވަށް ކަމުގައިވާ ލިލީ، ކަރަންކާ އަދި ޗާނދަނީ އަވަށް ވާދަކޮށް އެކި އުމުރުފުރާ ތަކަށް ހުޅުވާލައިގެން ފިޔޯރީ ކައުންސިލްގެ 1443 އަހަރުގެ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ފަޚުރުވެރި އެއްވަނަ މަރިޔަމް ޝާނާ ޙާރިސް ހާސިލްކޮށްފިއެވެ.
މިރޭ ފިޔޯރީ ސްކޫލް ހޯލުގައި ކުރިއަށް ދިޔަ މި މުބާރާތުގެ އިނާމްދިނުމުގެ ޖަލްސާގައި މުބާރާތުން އެއްވަނަ ހޯދި މަރިޔަމް ޝާނާ ޙާރިސް އަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމް އަދި ޓްރޮފީ ހަވާލު ކޮށްދެއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ހުވަދު އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އެވެ.
ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބަަރާތުގެ އެއްވަނަ ޝާނާ ހޯދާފައިވާއިރު މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ މަރިޔަމް ޖަނާން ނަޒީފް އެވެ. އަދި ތިންވަނަ އަަށް ދެ ކުއްޖަކު ވަނީ ހޮވިފައެވެ. އެއީ މަރިޔަމް ހައިފާ ފަތުހީ އާއި ފާތިމަތު އިޝާ އިބްރާހިމެވެ.

ފިޔޯރީ ކައުންސިލް ފޭސް ގުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަވަށްތަކުގެ ބައިން މި މުބާރާތުން އެއްވަނަ ހާސިލް ކޮށްފައިވަނީ ޗާންދަނީ އަވަށެވެ. ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް( ފޭސް) އާއި ޙަވާލު ކޮށްގެން މި މަހުގެ 22 ން 24 އަށް ކުރިއަށް ދިޔަ ޤުރުއާން މުބާރާތަކީ ފިޔޯރީ ކައުންސިލް އިން 40000 ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށްގެންދިޔަ މުބާރާތަކެވެ.
ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތަކީ ފިޔޯރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރުއާނުގެ ފަންނު އާލަކޮށް ދިރުވައި ފެތުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ.

