މުވައްޒަފު މަސައްކަތްކުރާ މޭޒުމަތީގެ ތަރުތީބު ބަހައްޓާގޮތަށް ބަލައި، އެއީ ކަހަލަ މީހެއްކަމާއި، އެމީހަކު ކުރާ މަސައްކަތް ހުންނާނެގޮތް ދެނެގަނެވެއެވެ.
މީހަކު މަސައްކަތްކުރާ ހިތްވުމާއި، ކުރާ މަސައްކަތުގެ ފެންވަރު، މަސައްކަތްކުރާ މާހައުލުގައިވާ ތަފާތު، ކަންކަމަށް ބިނާވެގެންދެއެވެ. މަސައްކަތްކުރަން މުވައްޒަފު ބޭނުންކުރާ މޭޒުމަތި، އެއްވެސް ތަރުތީބެއް ނެތި، ތަފާތު ލިޔެކިޔުންތަކުން ތޮއްޖެހިފައިވާނަމަ، އެމީހަކު ކުރާ މަސައްކަތްވެސް ހުންނާނީ އެފަދަ ގޮތަކަށެވެ. އެފަދަ މީހުން ކުރާ މަސައްކަތުގެ ފެންވަރު ދަށްވުމުގެ އިތުރުން، އެމަސައްކަތެއްގައި އެއްވެސް އުފެއްދުންތެރިކަމެއް ނުހުންނާނެއެވެ.
ބުއްދީގެ ނަޒަރަކުން ވިސްނާލާއިރުވެސް މިއީ ހަޤީޤަތެއްކަން އަހަރަމެންނަށް ދަނެގަނެވެއެވެ. އެއްވެސް ތަރުތީބެއް ނެތި ލިޔެކިޔުންތަކުން ތޮއްޖެހިފައިވާ މޭޒެއްގެ މަތިން، މުހިންމު ލިޔުމެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. މިއީ އާދައިގެ ކަމަކަށް ވީނަމަވެސް މުހިންމު އެތަށް ވަގުތެއް މިއާދައިގެ ކަމަށް ހޭދަވާނެ ކަމެކެވެ. ޕޭޕަރ ލެސް ކޮށް މަސައްކަތްކުރުމަށް އާދަވެފައިވާ، މީހުންގެ ހާލަތުވެސް ހުރީ މިފަދަ ގޮތަކަށެވެ. އިންޓަރނޭޝަނަލް ސާވޭއަކުން ދައްކާގޮތުގައި، ތަފާތު މައުލޫމާތުތައް ޑިޖިޓަލްކޮށް ބަލަހައްޓާ މުވައްޒަފުން، ޑިޖިޓަލްކޮށް ރައްކާކުރާ ބައެއް ރެކޯޑްތަކާއި މަޢުލޫމާތު، ގެއްލިގެން ހޯދުމަށް، އެއްވެސް ނަތީއްޖާއެއް ހާޞިލް ނުވެ އާންމުގޮތެއްގައި ހަފްތާއަކު ދެގަޑި އިރު ހޭދަކުރެއެވެ.
ހާވާޑް ބިޒްނަސް ރިވިއު އިން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި އަހަރަމެން މަސައްކަތްކުރާ މާޙައުލުގެ ޖިސްމާނީ ސިފަތަކުގެ ސަބަބުން އަހަރަމެންގެ ވިސްނުމުގެ ޤާބިލްކަމާއި، އިޙްސާސްތަކާއި، އަޚުލާޤަށް ވަރަށް ބޮޑަށް އަސަރުކުރުމާއިއެކު، އަހަރަމެންގެ ނިންމުންތަކާއި، އެހެން މީހުންނާ އޮންނަ ގުޅުމަށް އޭގެ ސަބަބުން އަސަރުކުރުވައެވެ. ހަލަބޮލިވެފައިވާ ޖާގަތަކުގެ ސަބަބުން އަހަރެމެންގެ ސްޓްރެސް އާއި ކަންބޮޑުވުމުގެ ލެވެލްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށް، ފޯކަސް ކުރުމުގެ ގާބިލްކަމާއި، ކެއުމުގެ އިހްތިޔާރުތަކާއި، އަދި ނިދަން ވެސް ނޭދެވޭ އަސަރުތަކެއް ކުރުވައެވެ. ތަރުތީބު ގެއްލިފައިވާ، އުދަނގޫ މަސައްކަތުގެ މާޙައުލުތަކުގެ ސަބަބުން، ތަފާތު ނެގެޓިވް ކަންތައްތަކެއް ފެތުރެއެވެ. މިފަދަ މަސައްކަތުގެ މާހައުލުގެ ސަބަބުން މުވައްޒަފުންގެ އެންޒައިޓީ ލެވެލް މަތިކޮށް، ހާސްކަން ކުރިމަތިކުރުވައި، ކަންކަމަށް ފޯކަސް ކުރުމުގެ ޤާބިލްކަން ދަށްކުރުވައެވެ. އަދި ބައެއް ހާލަތުގައި މިފަދަ މަސައްކަތުގެ މާހައުލުތަކާއި ގުޅިގެން އަހަރަމެންގެ ކެއުމުގެ އާދަ އަދި ނިދުމުގެ އާދަތަކަށްވެސް ބަދަލު އަންނަފަހަރު އާދެއެވެ.
މި ދިރާސާގެ ބޮޑުބައެއް އަމިއްލަޔަށް ދިރިއުޅޭ ގެދޮރުގެ ސާފުތާހިރުކަމާއި، ތަރުތީބު ކަމާއި، އެއްވެސް ތަރުތީބެއް ނެތި ތަކެތި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ އާންމުން ގިނަ ބައެއްގެ ހިތްވަރާއި ޖޯޝާއި ފޯރި ދެނެގަތުމަށް އަމާޒުވެފައިވެއެވެ. ނަމަވެސް، ވަޒީފާގެ މާހައުލުގައި އެމެރިކާގެ ވިޔަފާރިތަކަށް ކޮންމެ އަހަރަކު 190 ބިލިއަން ޑޮލަރާ ހަމައަށް ސިއްހީ ފަރުވާގެ ހަރަދުތައް އެކަނި ވެސް ކުރަން ޖެހުމާއެކު، މިއީ އަހަރެމެންގެ މަސައްކަތު މާހައުލުގައި ވެސް ތަރުތީބުވުން އަދާކުރާ ދައުރު ދެނެގަންނަންވީ ވަގުތެވެ. އަދި މި ގޯސް ސާފުކުރުމަށް ކޮންމެވެސް ކަމެއް ކުރަން ވީ ވަގުތެވެ.
ތަރުތީބު ވުން، އަހަރަމެންގެ ވިސްނުމާއި، މަސައްކަތއް އަސަރުފޯރުވާ
މޭޒުމަތީގައި، ލިޔެކިޔުންތައް ވަކިތަރުތީބަކުން ހުރުން މުހިންމުކަމެއް ކަމަށް ނުވަތަ ތަރުތީބު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބައެއްފަހަރު އަހަރަމެންގެ ތެރެއިން ގިނަ ބަޔަކަށް ނުވިސްނިދާނެއެވެ. އެހެން ނަމަވެސް ޕްރިންސްޓަން ޔުނިވާސިޓީ ނިއުރޯސައިންސް އިންސްޓިޓިއުޓްގެ ސައިންސްވެރިން އެފްއެމްއާރްއައި އާއި އެނޫންވެސް އެޕްރޯޗްތައް ބޭނުންކޮށްފައި ވަނީ އަހަރެމެންގެ ބުއްދިތައް ތަރުތީބުވާ ފަދަ ކަން ހާމަކޮށްދިނުމަށާއި ތަރުތީބެއް ނެތުމުގެ މަންޒަރު ލޮލަށް ފެނި އެއާދަ ސިކުނޑީގައި ހަރުލުމަކީ އޭގެ ސަބަބުން އަހަރެމެންގެ ވިސްނުމުގެ ބާރުތައް ކުޑަވެ، ކަންކަމަށް ސާމާލުކަން ދިނުމުގެ ގާބިލްކަން ކުޑަކުރުވާ ކަމެކެވެ. އަދި ބައިވެރިން އެމީހުންގެ މަސައްކަތުގެ މާހައުލު ތަރުތީބުކޮށް، މަސައްކަތް ކުރާހިތްވާ ސާފުތާޙިރު ތަނަކަށް، މަސައްކަތުގެ މާހައުލު ބަދަލުކޮށްލުމުން، މައުލޫމާތު ފޯކަސްކޮށް ޕްރޮސެސް ކުރުމުގެ ގާބިލްކަން އިތުރުވެ، އުފެއްދުންތެރިކަން އިތުރުވެގެން ދިޔަކަމަށް އެމީހުންނަށް ފާހަގަކުރެވިފައި ވެއެވެ.
އަމިއްލަޔަށް ދިރިއުޅޭ ގޭތެރޭގައި އެއްވެސް ތަރުތީބެއް ނެތި ހުންނަ “އެއްޗެހި” ގިނަވުމުގެ ސަބަބުން މާޔޫސްވާ މީހުން މާ ބޮޑަށް ލަސްވުމުގެ ފުރުސަތު ބޮޑުކަމަށް ގޭތެރޭގައި ހުންނަ ތަކެތި ތަރުތީބު ނުވުމުން އޭގެ އަސަރުތަކާ ބެހޭ ދިރާސާއަކުން ވަނީ ފެނިފަ އެވެ. އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ގޭތެރޭގެ މާހައުލު ހަލަބޮލިވުމުގެ ސަބަބުން، ކަންކަން ތަޙައްމަލުކުރުމުގެ ޤާބިލްކަން ދަށްވެ، ކަންކަން އަޅާނުލައި ދޫކޮށްލުމުގެ ގޮތްތަކެއް އާދަވެއެވެ. މިގޮތުން ތަފާތު ކުނިބުނިތަކާއިއެކު އުޅުމާއި، ސިއްޙަތަށް ފައިދާ ނުކުރާ ތަފާތު ލުއިކާނާ ކެއުމަށް އާދަވުމާއި ޓީވީ ބެލުން ފަދަ ކަންކަމަށް މީހާގެ ޝައުޤުވެރިކަން ދެއެވެ. ތަރުތީބުކަން މިއީ މަސައްކަތުގެ މާހައުލަށް ޖެނެރަލައިޒްވާ ކަމެއްކަން ނޭނގެއިރުވެސް، ބްރޭކްތަކުގެ ބޭނުން ހިފައި ރަނގަޅު ކާނާ ކެއުމަށް އިހްތިޔާރުކުރުން މަދުވެ، ހަޤީޤަތުގައި މުވައްޒަފުން މަސައްކަތް ކުރަން ހޭދަކުރާ ވަގުތު މަދުވާ ކަން ފާހަގަކުރެވެއެވެ.
ތޮއްޖެހުމާއި، ތަރުތީބުކަން ގެއްލިފައި ވުމުގެ ސަބަބުން އަޅުގަނޑުމެންގެ އާންމު ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކޮށް، ސްޓްރެސްވެ، ކަންބޮޑުވެ، ނުވަތަ މާޔޫސްވާކަމުގެ އިހުސާސް ކުރެވެއެވެ. މިސާލަކަށް 2009 ވަނަ އަހަރު އެމެރިކާއިން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި ސްޓްރެސް ހޯމޯން ކޯޓިސޯލްގެ މިންވަރު މައިންގެ ތެރޭގައި މާ ބޮޑެވެ. އެލިވޭޓެޑް ކޯޓިސޯލް ލެވެލް ތައް ޒަމާނާ އެކު ދަމަހައްޓައިދޭ ސަބަބުން ކަންބޮޑުވުމާއި ޑިޕްރެޝަން އަށް މަގުފަހިވެ އެވެ.
މަސައްކަތުގެ މާހައުލުގެ ތޮއްޖެހުމާއި ތަރުތީބެއް ނެތުމުގެ ސަބަބުން ނަފްސާނީ ބަލިކަށިކަމެއް މުވައްޒަފުންނަށް ކުރިމަތި ކުރުވައެވެ. މީގެ ސަބަބުން މުވައްޒަފުގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ލަސްކުރުވައެވެ. މީގެ ސަބަބުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ދެއެވެ.
ތަރުތީބު މީހަކަށް އެމީހާ ނުވުމުގެ ސަބަބުން އެހެން މީހުންނާއި އޮންނަ ގުޅުމަށްވެސް ބުރޫއަރައެވެ. ދިރާސާއަކުން ދައްކާފައިވާގޮތުގައި، މަސައްކަތްކުރާ މޭޒުގެ ތަރުތީބުކަމެއް ނުގެންގުޅޭ މީހުން ޤަބޫލުކުރެވިފައިވަނީ، އިހުލާސްތެރިކަން ކުޑަ، މާ ބޮޑަށް ނަފްސާނީ، އަދި އެހެން މުވައްޒަފުންނާއި އޮންނަންޖެހޭ ގުޅުން ކުޑަ ބައެއްގެ ގޮތުގައި ފާހަގަކުރެވިފައި ވެއެވެ. މުވައްޒަފަކާ މެދު މިފަދަ ގޮތަކަށް އެހެން މުވައްޒަފުން ދެކޭ ނަމަ އެހެން މީހުން އެ މުވައްޒަފަކާ މުއާމަލާތް ކުރާ ގޮތަށް ނޭދެވޭ އަސަރުކޮށް، އެ މުވައްޒަފެއްގެ ކެރިއަރގެ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާކަމެކެވެ.
މިފަދަކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
ކަންކަން ޖަމާވުމަށް ދޫކޮށްލުމުގެ ބަދަލުގައި ގަވާއިދުން ތިބާގެ ވޯކްސްޕޭސް ތަރުތީބު ކުރުމަކީ، ތަރުތީބުނުވުމުގެ ސަބަބުން ކުރިމަތިވާނެ ތަފާތު ކަންކަން ދުރުގައި ބެހެއްޓުމަށް ކުރެވިދާނެ އަދި އެއިން ކަންކަން ބަދަލުވާނެ ކަން ދަނެގަނެވިފައިވާ ކަމެކެވެ. ކަންކަން މިހާ ގޯސްކޮށް ކުރަން ދޫކޮށްލުމުން ދުރުހެލިވެ، ލަސްކަމެއްގެ ގޮތުގައި ސާފުކުރަން ފަށާށެވެ. ގޭގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ ވޯކްސްޕޭސްއެއް ދެމެހެއްޓުމަކީ މަސައްކަތު އައިޓަމްތަކާއި ހޯމް އައިޓަމްތަކާ ދެމެދު ކަނޑައެޅިފައިވާ އިމެއް ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޓީމްތަކާއި ޖަމިއްޔާތަކަށް، ކޮންމެވެސް ބާވަތެއްގެ ކެއުމެއް އިންތިމާކޮށް ގަވާއިދުން ސާފުކުރުމަށް ދުވަސްތަކެއް ކަނޑައެޅުމަކީ ގިނަ މީހުންނަށް އަރާމު ނުލިބޭ މަސައްކަތެއްގެ ވަށައިގެން އިޖުތިމާއީ މުއާމަލާތްތަކާއި ގުޅުން އުފެއްދިދާނެ ކަމެކެވެ. ހިއްސާކުރެވޭ މަސައްކަތު ޖާގަތަކުގެ ތަރުތީބު ބެލެހެއްޓުމަށް ސާފު ޑެސްކް ޕޮލިސީއެއް އެކުލަވާލަން ވިސްނާލެވިދާނެވެ. އޮންލައިން ޑޮކިއުމަންޓްތައް މެނޭޖްކުރުމަށް ބޭނުންވާ އާލާތްތަކުގެ ސިފައިގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އަދި ބަހައްޓަންޖެހޭ ކަންތައްތަކާއި އުކާލެވިދާނެ ތަކެތި ސާފުކޮށް ބެލެހެއްޓުމަށް ޓަކައި، އައިޓީ ޓީމާއެކު ގުޅިގެން މަސައްކަތް ކުރެވިދާނެއެވެ. އެކަން ކުރާއިރު، ޕްރެކްޓިކަލް އަދި ސެކިއުރިޓީ ފިކުރުތަކުގެ ހަމަހަމަކޮށް، މުވައްޒަފުންގެ އަމިއްލަ ވަންތަކަމާއި، މުވައްޒަފުން ބާރުވެރިކުރުވުން ހަނދާނުގައި ބެހެއްޓިދާނެއެވެ.

