ރަމަޟާން މަހުގެ 27 ވިލޭރެއަށް ރޭ ވެފައި ވާއިރު، ދެ މިލިއަނަށްވުރެ ގިނަ މީހުން ހުރުމަތްތެރިވެގެންވާ މައްކާގެ ބިމުގައިވާ މައްކާގެ ހަރްމްފުޅުގައި،ޢިޝާ ނަމާދާއި ތަރާވީޙް ނަމާދު ކޮށްފައި ވެއެވެ.
މާތް ވެގެންވާ ދެ މިސްކިތުގެ ބަލަދުވެރިން ގެ އިސްނެންގެވުމުގެ މަތިން ސަލްމާން ރަސްގެފާނު އިސްވެ ހުންނަވައިގެން ސަރުކާރުން ވަނީ ބިޔަ މަޝްރޫއުތަކެއްގެ ސިފައިގައި الله ގެ މެހެމާނުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދީ، ސަލާމަތީ ކަންކަން ވެސް ވަރަށް ފުރިހަމައަށް ކަށަވަރުކޮށްދީފަ އެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގައި ހިމެނޭ ލައިލަތުލްޤަދްރި ވިލޭރެއަކީ އެރެއެއްގައި ކުރާ އަޅުކަން އެއްހާސް މަސް (ގާތްގަޑަކަށް 83 އަހަރު)ގެ އަޅުކަމާއި އެއްވަރުގެ ސަވާބު އެކުލެވޭ ރެއެކެވެ. ބައެއް ޢިލްމުވެރިންގެ އެއްބަސްވާގޮތުގައި، ލައިލަތުލްޤަދްރި ވިލޭރޭ، ރަމަޟާންމަހުގެ 27 އަށް ވުމުގެ ފުރުޞަތު ބޮޑެވެ. މިމާތް ރޭގައި، އަޅުކަމާއިގެން މަޝްޢޫލުވެ އުޅުމާއި، ކީރިތި ޤުރުޢާން ގިނަގިނައިން ކިޔެވުމާއި، މަޑުމައިތިރިކަމާއެކު، ފާފަފުއްސެވުމާއި، ސުވަރުގޭގެ މަތިވެރި ނިޢުމަތަށް އެދި މާތްالله ގެ ހަޟްރަތުގައި ދުޢާދެންނެވުން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދެއެވެ.
މައްކާގެ ދައުލަތުގެ ފަރާތުން، އަރަބް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްރިންސް ޚާލިދު އަލް ފައިސަލް ވިދާޅުވީ ގްރޭންޑް މިސްކިތަށް ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ނަމާދުކުރާ މީހުންނަށް، ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު 10 ދުވަހު ވީހައި ގިނަ ކަންކަން ކޮށްދިނުމަށާއި ވީހައި ގިނަ ކަންކަން ކޮށްދިނުމަށާއި އަޅުކަމުގެ ކަންތައް ވީއެންމެ ލުއިފަސޭހަގޮތަކަށް އިންތިޒާމް ކުރިޔަށް ގެންދިޔުމަށް އެންމެން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

