މޯލްޑިވްސް ކަސްޓަމްސް އަށް 68 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާން ކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ކޮށްފައިވާ ޢިޢުލާނެއްގައި 68 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާނުގައި ވާއިރު، މި މަގާމްތަކަށް ހޮވޭ މުވައްޒަފުން މަސައްކަތް ކުރަންޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައި ކަމުގައި ބުނެފައި ވެއެވެ.
މި މަގާމަށް ޝަރުތުހަމަވާ ފަރާތެއްގައި ހުންނަންޖެހޭ އެންމެ ދަށް ޝަރުޠުގެ ތެރޭގައި ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއި އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި، ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާންޖެހެ އެވެ.
މި މަޤާމުތަކަށް ހޮވޭ ކޮންމެ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު، -/5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު -/1750 ރުފިޔާ އަދި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަގާމަށް ކުރިމަތިލެވޭނީ 18 އަހަރާއި 35 އަހަރާދެމެދު މީހުންނަށެވެ. އުމުރުފުރާ ބަލާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކަސްޓަމްގެ ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

