ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން ވަނީ އިއުލާންކޮށްފައެވެ.
ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ ޢިއުލާނުގައިވަނީ މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާކަމަށެވެ. މިއިޢުލާނުގައި މަޢުލޫމާތު ދީފައިވާ ގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ އެޅުމުގެ މަސައްކަތް، ޕްލޭނިންގ މިނިސްޓްރީން ފަށައިގެން ކުރިޔަށްގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ވިދާޅުވެފައެވެ.
އެންމެފަހުން ހައުސިންގ ޔުނިޓްތައް އެޅުމަށް ހުޅުވާލާފައިވަނީ އއ ރަސްދޫގައެވެ. އެއީ 50 ހައުސިންގ ޔުނިޓެވެ.

