ޑިޒައިން އެންޑް ބިލްޑް އޮފް މޭޖަރ ރޯޑްސްއިން ގއ. ވިލިނގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
28 އޭޕްރީލްގައި މި ކޮންޓްރެޓްގައި ސޮއިކޮށްފައިވާއިރު، ކޮންޓަރެޓްގެ މުއްދަތަކީ 490 ދުވަހެވެ. މި ކޮންޓްރެކްޓަކީ 98،330،536.18 (ނުވަދިހަ އަށް މިލިއަން ތިރީސް ތިންހާސް ފަސްސަތޭކަ ތިރީސް ހަ ރުފިޔާ އަށާރަ ލާރި)ގެ މަޝްރޫއެކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގައި، 5 ކިލޯމީޓަރުގެ މަގު ހަދައި ތާރުއެޅުމާއިއެކު މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން، ތާރުއަޅައިގެން ހަދާފައިވާ މަގުތައް ރީސަރފޭސް ކުރުމާއި، މަގުތަކުގައި ބައްތިޖެހުން ހިމެނިފައި ވެއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.

