އައްޑޫސިޓީގެ ޒުވާނުންގެ ތެރެއިން ފުލުހުންގެ ވަޒީފާއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ޚިދުމަތާއި ގުޅެން ބޭނުންވާ އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ބޭއްވޭ ޚާއްސަ އޯޕަންޑޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އިއްޔެ އާއްމުކުރި ވީޑިއޯ ކްލިޕެއްގައި ހާމަކޮށްފައިވެއެވެ.
މިވީޑިއޯ ކްލިޕް އައްޑޫ ބަހުން ގެނެސްދީފައި ވުުމުގެ އިތުރުން މި ކްލިޕްގައި ދައްކުވައިދިނީ އައްޑޫސިޓީއަށް ނިސްބަތްވާ ފުލުހުން އެމީހުންގެ ޚިދުމަތުގެ މާޙައުލުގައި ތިބެގެން އައްޑޫގެ ޒުވާނުންނަށް ހުޅުވާލި މިފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރަމުންދިޔަ މެސެޖްތަކެކެވެ.

