ޔަންގްލީޑާރސް އޮފް ތިނަދޫ އާއި ގދ.ތިނަދޫ ކައުންސިލް އިދާރާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީވުމުގެ ގޮތުން ފައިސާހޯދުމުގެ ހަރަކާތެއް ތިނަދޫގައި ފަށައިފިއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ބަނޑުހައި ހޫނުކަމުގައި ތިބި އެހީއަށް ބޭނުންވެފައިވާ މުސްލިމުންނަށް އެހީވާ ބައިނަލް އަޤުވާމީ ޙަރަކާތްތަކެއްގެ ތެރޭގައި ގދ.ތިނަދޫގެ ރައްޔިތުން ތަމްސީލުވާނޭހެން އެހީވުމަށް ފައިސާހޯދުމުގެ މަސައްކަތެއް "ތިނަދޫ ޔަންގް ލީޑާރސް" ގެ ފަރާތުން މިވަނީ ފަށާފައެވެ.
އެގޮތުން އިއްޔެ ހަވީރު ފެށިގެން މިދިޔަ ހަރަކާތް މިރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކާއި ލައިގެން ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް މިޖަމާޢަތުން ތިނަދޫގައި ހިންގާގޮތަށްވަނީ ނިންމާފައެވެ.

ތިނަދޫގައި ބެހެއްޓުނު ފަންޑު ފޮއްޓަށް މީހަކު ފައިސާ އަޅަނީ – ފޮޓޯ: ތިނަދޫ ކައުންސިލް

ތިނަދޫގައި ބެހެއްޓުނު ފަންޑު ފޮއްޓަށް މީހަކު ފައިސާ އަޅަނީ – ފޮޓޯ: ތިނަދޫ ކައުންސިލް

