އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ޤަރާރެއް ނެރެފައިވަނިކޮށް، އިންޑިޔާ އައުޓް ޖަހާފައިވާ ކަރުދާސްތައް މާލޭގެ މަގުމައްޗަށް އަޅައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ޤަރާރެއް ނެރެފައެވެ. “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެއެވެ.
އިދިކޮޅުން ބުނާގޮތުގައި ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.
އެހެންނަމަވެސް އިދިކޮޅުން މިކެމްޕެއިންް ހުއްޓައެއް ނުލައެވެ. އަކުރުތައް ބަދަލުކޮށް ބެނާ ދެމުމުން ފުލުހުން ވަނީ އެބެނާތައް ނަގާފައެވެ. އޭގެ ފަހުންވެސް އިންޑިޔާގެ ދިދައިގައި އަައުޓް ޖެހުމަށްފަހު ޕީޕީއެމް އޮފީހުގައި ވަނީ ދަމާފައެވެ. މީގެއިތުރުން އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އިިދިކޮޅުން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދާ އިންޑިޔާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންނާއި ދެކޮޅަށް ހިންގާ ހަރަކާތެކެވެ. ރާއްޖޭގައި ޤާއިމުވެތިބި ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ހިންގާ ކެމްޕެއިނެކެވެ.

