މިމަހުގެ ދެވަނަ ދުވަހު ޖަނަވަރީ މަގު މަޖީދީމަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީ މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ.ވާދޫ / އުނިމާގެ، ޙަސަން ޒިޔާން 18 ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ.
މިމީހުންގެ ތެރެއިން ގދ. ވާދޫ/ އުނިމާގެ ހަސަން ޒިޔާއު އިބްރާހީމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަދި 15 އަހަރުގެ ކުޑަކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.
ފުލުހުން ބުނީ މި ދެމީހުންގެ އިތުރުން މިމައްސަލައިގައު ހިމެނޭ 7 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ މިއަދު އެ ހަތް މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ.އެގޮތުން އެމީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

