މާލޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި މިރޭ 21:08 އެހާކަންހާއިރު މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި އޮތް ކާރެއްގައެވެ. މި ހާދިސާގައި އެކާރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
އިތުރު ތަފްސީލެއް އަދި އެމްއެންޑީއެފުން ހާމަކުރައްވާފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލްމަހުގައިވެސް މާލޭގެ ގަރާޖެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެހާދިސާގައި އެގަރާޖަށް މަރާމާތަށް ގެންގޮސްފައިހުރި ސައިކަލްތަކުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.

