އިންޑިއާގެ އަންހެނަކު އެއްމާބަނޑު ހަތަރުކުދީން ވިހައިފިއެވެ.
އިންޑިޔާގެ ޕަންޖާބުގެ އަމަރުތަސަރުގެ ގްރޫ ނާނަކް ދޭވް ހޮސްޕިޓަލްގައި އެއްމާބަނޑު 4 ކުދިން ވިހާފައިވާކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އަދި އެކުދިން ވިހެއުމާއެކު ހަތަރު ކުދިންވެސް ގެންދިޔައީ އައިސީޔޫއަށެވެ. ބޭނުމަކީ ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވަގުތުން ފަރުވާ ދިނުމެވެ.
އަންހެން މީހާ ވިއްސުމުގެ ކަންތަކުގައި އުޅުނު ޑޮކްޓަރާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެއަންހެންމީހާ ވިފާހައިވަނީ ދެފިރިހެން ކުދިންނާއި ދެއަންހެންކުދިންނެވެ. އަދި އޭނާގެ ހަޔާތުގައި އެވަރުގެ އެހެން ކަމަކާ ދިމާނުވާކަމަށް ޑޮކްޓަރުވަނީ މައުުލޫމާތުދީފައެވެ.
ޑޮކްޓަރ ބުނި ގޮތުގައި މީގެ ކުރިން އޭނާ އެއްމާބަނޑު ތިން ކުދީން ވިއްސާފައި ވެއެވެ. ނަމަވެސް އެކުދީންގެ ސިއްހަތު އެހާ ރަނގަޅެއް ނޫނެވެ. ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ވެސް ހުރީ އެންމެ ދޮޅު ކިލޯއެވެ.
އެއްމާބަނޑު ހަތަރު ކުދީން ވިހެއި އިންޑިޔާގެ ސަރަންޖީތު ބުނިގޮތުގައި އޭނާއަށް މީގެކުރިން ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެހެންކަމުން ފިރިހެން ކުއްޖަކު ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ސަރަންޖީތުއަށް މިވަނީ އެއްފަހަރާ ދެފިރިހެން ކުދިންނާއި ދެއަންހެން ކުދިން ލިބިފައެވެ. މިކަމާ އާއިލާއިން ދަނީ އުފާ ފާޅުުކުރަމުންނެވެ.
ސަރަންޖީތު ބުނި ގޮތުގައި ދަރީން ނުލިބިގެން އެތައްބަޔަކު ހިތްދަތިކަމުގައި އުޅެމުން ދެއެވެ. ނަމަވެސް މާތްރަސްކަނލާންގެ ވަނީ އޭނާގެ ދުއާ އިޖާބަކުރައްވާފައެވެ. އަދި ހުރިހާ އެންމެންނަށް ވެސް ދަރީން ލިބުމަށް އެދި އޭނާ ދުއާކުރިއެވެ.

