ށ.ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ށ. ފޯކައިދޫން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ޅ. ފެލިވަރު ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓް މިރޭ 8:31 ގައި ލިބިފައިވެއެވެ. އަދި އެބޯޓު ފަރަށް އެރިއިރު އެބޯޓުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 130 މީހުން ދަތުރުކުރަމުން ދިޔަކަމަށާއި މިހާރު އެ ސަރަހައްދުގައި ފުލުހުންގެ ލޯންޗުތައް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
“ފުރާގު-2” ނަކަމަށް ކިޔާ މިބޯޓު ފަރަށް އަރާފައިވީނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

