ކ. މާފުށީގައި މީހަކަށް ވަޅިން ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ވިދާޅުވީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަަލައާ ގުޅިގެން 20 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކު މާލެ އިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މާފުށިން މާލެ އައި ތަނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

