ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި 5 ލައްކަ ރުފިޔާގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ.
މިޕާރުސަލްތަކަކީ ވައިގެ މަގުން އޭޕްރީލް 28 ވަނަ ދުވަހު ރާއްޖެ އެތެރެކޮށްފައިވާ އެއްޗެކެވެ. މިޕާރުސަލްތަކުން ގިނަ އަދަދެއްގެ ޝައްކުކުރެވޭ ބާވަތެއް ފެނިފައިވާތީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޗްއެމްފަޓަމައިން ޕޮޒިޓިވްވި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ޕާރުސަލްތަކުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާއަށް އަރައެވެ. އަދި އެ މަސްތުވާތަކެތި ވަނީ މިހާރު ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

