ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
ބަލިމީހާ ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމުންނެވެ.
ރޭ 00:24 ހާއިރު މާލެ ގެނެސްދިން ބަލި މީހާއަކީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
ތިނަދޫ ހޮސްޕިޓަލުގައި އޮތް ބަލިމީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންގޮސްދީފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.

