ވައިގެ މަގުން ރާއްޖެ އެތެރެކުރި 21 މިލިޔަން ރުފިޔާއަށްވުރެ ގިނަ މަސްތުވާ ތަކެތީގެ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މިމަހު 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ޓޫރިސްތަކު އަތުން އަތުލައިގަނެވުނު މަސްތުވާ ތަކެތީގެ އަގު 21 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ގިނަ ވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެމީހާގެ ފޮށިން 4 ކިލޯ ކޮކެއިން ވަނީ ފެނިފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ ބިދޭސީ ފިރިހެނެއްގެ އިތުރުން ދިވެއްސަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ15 ދުވަސް ޖަހާފަ އެވެ.
ފަހަކަށްއައިސް ވައިގެ މަގުން މަސްތުވާ ތަކެތި އެތެރެކުރުން މިވަނީ ގިނަވެފައެވެ. ފާއިތުވީ އޭޕްރީލްމަހު 28 ވަނަ ދުވަހު ޕޯސްޓުން ގެނައި ޕާރުސަލްތަކެއްގައި ހުރި 5 ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެޕާރުސަލްތެރޭގައި ހުރީ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޗްއެމްފަޓަމައިން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މިގޮތަށް އަތުުލައިގަނެވޭ މަސްތުވާ ތަކެތި ފުލުހުންނާއި ހަވާލުކުރެވެއެވެ.

