އަބޫބަކުރު ސްކޫލް ސްޕާކްލިން ޔުނިޓްގެ ކުދިންނާއެކު އިބްނަމޯގައި ކުޑަކުދިންގެ ދުވަސް ފާހަނގަކޮށްފިއެވެ.
މިއަދު ހަވީރު 4 ޖެހިއިރު އިބްނަމޯގެ ފަރާތުން އަބޫބަކުރު ސްކޫލްގެ ސްޕާކްލިން ޔުނިޓްގެ ދަރިވަރުންނަށް ވަނީ ހަވީރު ސައެއް ދީފައެވެ.
އިބްނަމޯގެ ވީއަޕީ ރޫމްގައި ބޭއްވުނު މިހަވީރުގައި އަބޫބަކުރު ސްކޫލްގެ ސްޕާކްލިން ޔުނިޓްގެ 21 ދަރިވަރުންނާއި ސްކޫލްގެ ބައެއް ޓީޗަރުންގެ އިތުރުން އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވަނީ ބައިވެރިވެފައެވެ.
އިބްނަމޯއިން އެކުދިންނަށް ވަރަށް ހާއްސަ މަރުހަބާއެއް ކިޔާފައިވެއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވީ އިބްނަމޯގެ ފަރާތުން މިފަދަ ފުރުސަތެއް ލިބިގެން ދިޔުމަކީ އުފަލާއެކު ފާހަނގަ ކުރާ ކަމެއް ކަމަށާއި އަމިއްލަ ފަރާތަކުން އިސްނަގައިގެން އެކުދިންނަށް މީގެ ކުރިން މިފަދަ ގޮތަކަށް ހަދިޔާއެއް ދީފައިނުވާ ކަމަށެވެ.
އެހެންކަމުން މިކަން ފާހަނގަކޮށް އަޖީބް ވަނީ އިބްނަމޯއަށް ޝުކުރު ދަންނަވާފައެވެ.
މާދަމާއަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަހެވެ. އެހެންކަމުން މިއީ މިދުވަހާ ދިމާކޮށް އިބްނަޯއިން ސެން ދަރިވަރުންނަށް ދިން ކުޑަކުދިންގެ ދުވަހުގެ ހަދިޔާއެކެވެ.

