އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މާލެ ސަރރަހައްދުގައި އުމުރުން 12 އަހަރުގެ ކުޑަކުުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުޤީގުކުރަމުން ގެންދާ ކަމަށާއި މމިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މިމައްސަލައިގައި އާއިލާގގެ ފަރާތުން މީޑިޔާއަށް މައުލޫމާތުދީފައިވާ ގޮތުން އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. އަދި އެމީހާ އެކުއްޖާއަށް ޖިންސީ ގޯނާކުރާތާ މިހާރު ދެއަހަރުވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މިހާ ގިނަދުވަސް ވެގެން ދިޔައިރުވެސް މިކަން ފަޅާނާރާ އޮތީ އެފިރިހެން މީހާ އެކުއްޖާއަށް ބިރު ދައްކާފައިވާތީއެވެ. އެހެންނަމަވެސް މިފަހުން އާއިލާގެ އެހެން ކުއްޖަކު ކައިިރީގައި އެކުއްޖާ ވަނީ މިވާހަކަ ހިއްސާކޮށްފައެވެ. އެހިސާބުން މިމައްސަލަ ވަނީ ފެންމަތިވެފައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
މިއަދަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަނގަކުރަމުންދާ ކުޑަކުދިންގެ ދުވަހެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ރައީސް އިބްރާހިމް މުުހައްމަދު ސޯލިހުވަނީ މިއަދު ގޮވާލާފައެވެ.

