ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަނގަކޮށްފިއެވެ.
މެއި 10 ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް ފާހަނގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން އެކި ސުކޫލްތަކުގައި ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކުވެސް ހިންގައެވެ. އެގޮތުން މި އަހަރުވެސް ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ސުކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ގދ.މަޑަވެލީގައި ކުޑަކުދިންގެ ދުވަސް ފާހަނގަކުރުމުގެ ތެރެއިން – ފޮޓޯ: މަޑަވެލި ކައުންސިލް
ޕްރީ ސްކޫލުތަކާއި ޕްރައިމަރީ ސްކޫލުތަކުގެ އިތުރުން ސެކަންޑްރީ ސުކޫލްތަކުގައިވެސް ވަނީ މި ދުވަސް ތަފާތު ގޮތަކަށް ފާހަގަކޮށްފައެވެ. ބައެއް ސްކޫލްތަކުގެ ކުދިން ސްކޫލަށް ގޮސްފައިވަނީ ތީމްތަކާއި ގުޅޭ ތަފާތު އެކި ކުލައިގެ ހެދުމުގައެވެ.

އަބޫބަކުރު ސްކޫލްގެ ދަރިވަރުން – ހުވަދޫ ފޮޓޯ: ޔާމިން

އަބޫބަކުރު ސްކޫލްގެ ދަރިވަރުން – ހުވަދޫ ފޮޓޯ: ޔާމިން
އެކި ސްކޫލްތަކުގައި ތީމްތަކުގެ މައްޗަށް ބިނާކޮށް ކުޑަކުދިންގެ ދުވަސް އެކި ހަރަކާތްތަކާ އެކީ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުޑަކުދިންގެ ދުވަހުގެ ކޭކު ފެޅުމާއި ކުދިންނަށް އިންޑޯ ގޭމްސްތަކާއި އައުޓްޑޯ ގޭމްސްތައް ކުރިޔަށް ގެންދެވުުނެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި ކުޅިވަރު ހަރަކާތްތައް – ފޮޓޯ: މަޑަވެލި ކައުންސިލް

ކުޑަކުދިންގެ ދުވަސް ފާހަނގަކުރުން -ފޮޓޯ: މަޑަވެލި ކައުންސިލް
މީގެ އިތުރުން ބައެއް ކައުންސިލްތަކުން ވަނީ މިދުވަސް ފާހަނގަކޮޮށްފައެވެ. އެގޮތުން އެކައުންސިލްތަކުން އިސްނަގައިގެން ކުޑަކުދިންގެ ހަވީރު ބޭއްވުމާއިި ކައުންސިލްގެ ފަރާތުން ސްކޫލްތަކަށް ކޭކު ހަދިޔާ ކުރުން ހިމެނެއެވެ.

މަޑަވެލީ ކައުންސިލުން އެރަށު ސްކޫލަށް ހަދިޔާ ކުރި ކޭކު – ފޮޓޯ: މަޑަވެލި ކައުންސިލް
މުޅިދުނިޔެ ފަހުގެ ތާރީޚެއްގައި ދުށް ބޮޑު ބަލިމަޑުކަން ކަމަށްވާ ކޮރޯނާގެ ޕެންޑަމިކްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު ކުޑަކުދިންނަށް އެ ދުވަސް އެންމެ އެކަށީގެންވާ ގޮތަށް ފާހަގަ ކުރުމުގެ ނަސީބު ނުލިބެއެވެ. އެހެންކަމުން މިއަހަރު މިދުވަސް މިވަނީ ކުލަގަދަކޮށް ފާހަނގަކޮށްފައެވެ.

ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން – ފޮޓޯ: ގދ.އަތޮޅު ތައުލީމީ މަރުކަޒު

ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން – ފޮޓޯ: ގދ.އަތޮޅު ތައުލީމީ މަރުކަޒު
ކުޑަކުދިންގެ ދުވަސް ބައިނަލަޤްވާމީ ގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1856 ވަނަ އަހަރުއެވެ. އަދި އެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ ތުރުކީވިލާތުންނެވެ. އެއީ 1929 ވަނަ އަހަރުގައެވެ.

