މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު، "އިންޑިއާ އައުޓް"ކެމްޕެއިނަށް ތާއީދުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރ އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ އަހުމަދު ޒަމީރުގެ ފޮޓޯއެއް އާންމުކޮށްފައެވެ. އެފޮޓޯއިން ފެންނަ ގޮތުގައި އަހުމަދު ޒާހިރު އިނީ "އިންޑިޔާ އައުޓް" ޖަހާފައިވާ ގަނޑެއް ހިފަހައްޓައިގެންނެވެ.
މިފޮޓޯ އާންމު ކުރަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީގެ މެމްބަރު ޒަމީރު އިންޑިއާ އައުޓް ހަރަކާތައް ތާއީދު ކުރައްވާފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޒަމީރު އެއްޗެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
ކުރީގެ ރައީސް ޔާމީން އިސްވެ ހުންނާވައިގެން ހިންގާ "އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ގޮވާލާ ރައީސް ސޯލިހު ޤަރާރެއް ނެރެފައިވާއިރު އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ މާލޭ ސިޓީ ކައުންސިލަުން ސޮއި ކުރި ޕެޓިޝަނެއްގައި ޒަމީރު ވަނީ ސޮއި ކުރައްވާފައެވެ. ފަހުން އެ ސޮއި ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކޯފާވެ ވާހަކަފުޅު ދެއްކެވުމުންނެވެ.

