ގދ. ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެށުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ ދަށުން ގައްދޫގައި ގާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓުގެ ބަދަލުގައި 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރަން ނިންމާފައިވާކަމަށެވެ.
އެގޮތުން އެ ރަށުގައި އައިސް ޕްލާންޓުގެ އިތުރަށް 100 ޓަނުގެ އައިސް ރައްކާކުރެވޭނެ ސްޓޯރެއް ގާއިމްކުރެވޭނެ ކަމަށްވެސް މިފްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއަކީ މަސްވެރިންނަށް ފޯރުކޮށްދޭ އައިސްގެ ކެޕޭސިޓީ އިތުރުކޮށް ފަސޭހައިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިފްކޯ އިން ބުނީ ގައްދޫގައި ގާއިމްކުރާ އައިސް ޕްލާންޓް ގާއިމްކޮށް ނިމުމުން އެ ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

