ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނަގެ ފިރިމީހާ މުހައްމަދު ނަސީމް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިދެމީހުން ހައްޔަރު ކުރެވުނީ ރޭގެ ވަގުތެއްގައެވެ. ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު ފުލުހުން ވަނީ އެދެމަފިރިން ދިރިއުޅޭ ގެ ކަމަށްވާ ހ. ބްލޫ ބްރިޖް ބަލާ ފާސްކޮށްފައެވެ.
ފުލުހުންގެ މީިޑީޔާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި މާލެއިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގެއިން 150 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ގާނޫނުގައި ބަޔާންކުރާގޮތުގައި ގޮތުން ވަކި މިންވަރަކަށްވުރެ މަސްތުވާތަކެތީގެ ބަރުދަން މަތިވެސާބިތުވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރޫމީގެ ފިރިމީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
މިމައްސަލަ ފުލުހުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.
ޓިކްޓޮކްގައި ރޫމީ ލާ ކޮންމެ ވީޑިޔޯ އެއްވެސް އެތައްހާސް ބަޔަކު ބަލާ އެތައް ސަތޭކަ ބަޔަކު ވީޑިއޯތަކަށް ލައިކްވެސް ދެއެވެ. އަދި ފޭސްބުކް ޕޭޖްތަކުގައިވެސް ރޫމީގެ ވީޑިއޯތައް ލާފައި ހުރެއެވެ. ހުރިހާ އުމުރެއްގެ މީހުންވެސް ރޫމީ ފޮލޯކުރާއިރު ރޫމީ ގިނައިން ޓިކްޓޮކް ކުޅެފައި ވަނީ ޒުވާން ފިރިހެނުންނާއި އެކީގައި އެވެ. ދިވެހި ލަވަތަކާއި ހިންދީލަވަތަކަށްވެސް ރޫމީ ޓިކްޓޮކް ކުޅޭއިރު ގިނަ ލަވަތައް ކުޅެފައި ހުންނަނީ ހުޅުމާލޭގައިއެވެ.

