މާލޭގެ މަގުތަކަށް “އިންޑިއާ އައުޓް” ޖަހާފައި ހުރި ކަރުދާސް އަޅައި، ފާރުތަކުގައި އިންޑިއާ އައުޓް ލިޔާ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި “އިންޑިއާ އައުޓް” ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެވި، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
” މާލޭގެ އެކި ސަރަހައްދުތަކުގައި “އިންޑިއާ އައުޓް” ކުރަހައި ލިޔުންރައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން 4 މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަ ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.” ފުލުހުން ބުންޏެވެ.
އެގޮތުން ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް
މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

