ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް) މިއަދު ނިޔާވެއްޖެއެވެ.
މައުލޫމާތުލިބުނުގޮތުގައި އުމުރުން 66 އަހަރުގެ ތައުފީޤް ސްޓޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ވަނީ ނޔާވެފައެވެ.
ޝޭޑީ ކެބިން ތައުފީޤަކީ އަމިއްލަ މަސައްކަތުން ވިޔަފާރީގައި ކުރިއެރުން ހޯދި މީހެކެވެ. އަމިއްލަ ޚަރަދުގައި ޤައުމަށް ޚިދުމަތްކޮށްފައިވާ ޚިިދުުމަތްތެރިޔެކެވެ.
މާލޭގައި އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކުރައްވައި އަދި ގިނަ ބަޔަކަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ޝޭޑީ ކެބިން ތައުފީގް 2015 ގެ ފަހުން އުޅުއްވަނީ އާލާސްކަންފުޅެއްގައެވެ.
އަވަހާރަވިއިރު، އަނބިކަނބަލުންނާއި ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.

