މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓް ލުމުގެ ވަގުތު އިރުއޮއްސި 6 އަށް އިތުރުކޮށްފިއެވެ.
އެމްޑީޕީން ކުރި ޓްވީޓެއްގައި ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމުގެ ސަބަބުން ހަވީރު 6:00 އާ ހަމައަށް ވޯޓް ލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
“މިހާރު ކުރިއަށްދާ މިޕާޓީގެ އެތެރޭގެ އިންތިޚާބު 2022 ގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަން” އެމްޑީޕީން ދެންމެ ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށާފައިވާއިރު، ކުރިން ހަމަޖެހިފައި އޮތީ ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށެވެ.
މި މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން މިއަދު އަންހެނުންގެ ގޮފީގެ ރައީސް އާއި ޒުވާނުންގެ ރޫހުގެ ރައީސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

