މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ފާޠިމަތު ނާޒިމާ އެއް ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިޚާބުގައި ޕީޕީއެމްގެ އިތުރުން ދެެން ވާދަކުރެއްވީ އެމްއެންޕީ އެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.
މި އިންތިޚާބުގައި ފާތިމަތު ނާޒިމާ ވަނީ 359 ވޯޓް ހޯދައިފައިއެވެ. އަދި އެމްއެންޕީ ގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓް ޝީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރެއްވި، އަދި އެ ކޮމިޓީގެ ނައިބު ރައީސްކަންވެސް ކުރެއްވި އާމިނަތު އީމާން މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި ނިޔާުވުމާ ގުޅިގެންނެވެ.
މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަން އިންތިހާބުގައި ވޯޓު ލުމުގެ ޝަރުތު ފުރިހަމަވެފައި ވަނީ 2،900 މީހުންގެއެވެ. އަދި އިންތިޚާބު ގެ ނަތީއްޖާއަށް ބަލާ އިރު، ވޯޓު އަޅާފައިވާ މީހުންގެ އަދަދު ވަރަށް މަދެވެ.

