މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބުގައި ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިން ފައްޔާޒް އިސްމާއިލް ކާމިޔާބު ކޮށްފިއެވެ.
ފައްޔާޒް އަށް ރަތަފަންދޫގައި ބެހެއްޓިފައިވާ ވޯޓު ފޮށިން 81 ވޯޓު ލިބިފައިވާއިރު، ފައްޔާޒްގެ ވާދަވެރި ކެނޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 50 ވޯޓެވެ. އަދި ބާތިލު 8 ވޯޓު މި ފޮށީގައި ހިމެނޭއިރު، ޖުމްލަ ވޯޓުލީ މީހުންގެ އަދަދަކީ 139 އެވެ.
ގދ.ނަޑެއްލާ އާއި ގދ.ފިޔޯރީގެ އިތުރުން ގދ.ވާދޫގައި ބެހެއްޓިފައި ހުރި ވޯޓު ފޮށީގެ ވަގުތީ ނަތީއްޖާ ލިބިފައިވާއިރު، ނަޑެއްލާގައި ބެހެއްޓިފައިވާ ވޯޓު ފޮށިން އިންތި އަށް 99 ވޯޓު ވަނީ ލިބިފައެވެ. އަދި އިންތިގެ ވާދަވެރި ކެނޑިޑޭޓް ފައްޔާޒް އިސްމާއިލް އަށް ލިބިފައިވަނީ 23 ވޯޓެވެ.
ފިޔޯރީގައި ބެހެއްޓިފައިވާ ވޯޓު ފޮށިން ފައްޔާޒް 102 ވޯޓު ލިބިފައިވާއިރު، ފައްޔާޒްގެ ވާދަވެރި ކެނޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 58 ވޯޓެވެ.
ފައްޔާޒް އަށް ވާދޫގައި ބެހެއްޓިފައިވާ ވޯޓު ފޮށިން 195 ވޯޓު ލިބިފައިވާއިރު، ފައްޔާޒްގެ ވާދަވެރި ކެނޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ އެންމެ 07 ވޯޓެވެ. އަދި ބާތިލު 2 ވޯޓު މި ފޮށީގައި ހިމެނޭއިރު، ޖުމްލަ ވޯޓުލީ މީހުންގެ އަދަދަކީ 204 އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 އަށް ކުރިއަށް ދިޔުމަށް ނިންމާފައިވާއިރު އެވަގުތު ވަނީ އިރުއޮއްސި 6 އަށް ފަހުން ބަދަލު ކޮށްފައެވެ. އަދި މި އިންތިޚާބު ވެގެން ގޮސްފައިމިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ތަކުގެ ތެރެއިން ބޭއްވޭ އެންމެ ވާދަވެރި އަދި ފޯރިގަދަ އިންތިޚާބަކަށެވެ.
އެމްޑިޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ފޯރިގަދަ ކެމްޕެއިންއެއް ކޮށްފައެވެ. މީގެ އިތުރުން ދެ ކެނޑިޑޭޓުންގެ ހޫނު ބަހުގެ ހަމަލާތައްވެސް ވަނީ ރައްދު ކޮށްފައެވެ.
ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގައި 194 ރަށެއްގައި ވޯޓު އެޅުން ކުރިއަށްދިޔައިރު، މާލޭގައި 87 ފޮށި ބެހެއްޓިފައި ވެއެވެ. އަދި 94،211 މެމްބަރުންނަށް ޗެއާޕާސަން ހޮވުމަށް ވޯޓު ލެވޭއިރު އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. މީގެ އިތުރުން ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.

