މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބުގައި ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިން އިމްތިޔާޒް ފަހުމީ (އިންތި) ކާމިޔާބު ކޮށްފިއެވެ.
އިންތި އަށް ހޯނޑެއްދޫގައި ބެހެއްޓިފައިވާ ވޯޓު ފޮށިން 133 ވޯޓު ލިބިފައިވާއިރު، އިންތިގެ ވާދަވެރި ކެނޑިޑޭޓް ފައްޔާޒް އިސްމާއިލް އަށް ލިބިފައިވަނީ 128 ވޯޓެވެ. ޖުމްލަ 267 ވޯޓު މި ފޮއްޓަށް އަޅާފައިވާއިރު، ބާތިލު 6 ވޯޓެއް ހިމެނެއެވެ.
ގދ.ނަޑެއްލާ
- އިމްތިޔާޒް ފަހުމީ – 99
- ފައްޔާޒް އިސްމާއިލް – 23
ގދ.ފިޔޯރީ
- އިމްތިޔާޒް ފަހުމީ – 58
- ފައްޔާޒް އިސްމާއިލް – 102
ގދ.ވާދޫ
- އިމްތިޔާޒް ފަހުމީ – 07
- ފައްޔާޒް އިސްމާއިލް – 195
ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފަށާފައިވާއިރު މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4 އަށް ކުރިއަށް ދިޔުމަށް ނިންމާފައިވާއިރު އެވަގުތު ވަނީ އިރުއޮއްސި 6 އަށް ފަހުން ބަދަލު ކޮށްފައެވެ. އަދި މި އިންތިޚާބު ވެގެން ގޮސްފައިމިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ތަކުގެ ތެރެއިން ބޭއްވޭ އެންމެ ވާދަވެރި އަދި ފޯރިގަދަ އިންތިޚާބަކަށެވެ.
އެމްޑިޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ފޯރިގަދަ ކެމްޕެއިންއެއް ކޮށްފައެވެ. މީގެ އިތުރުން ދެ ކެނޑިޑޭޓުންގެ ހޫނު ބަހުގެ ހަމަލާތައްވެސް ވަނީ ރައްދު ކޮށްފައެވެ.
ޗެއާޕާސަނަކު ކަނޑައެޅުމުގެ އިތުރުން މި އިންތިހާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގައި 194 ރަށެއްގައި ވޯޓު އެޅުން ކުރިއަށްދިޔައިރު، މާލޭގައި 87 ފޮށި ބެހެއްޓިފައި ވެއެވެ. އަދި 94،211 މެމްބަރުންނަށް ޗެއާޕާސަން ހޮވުމަށް ވޯޓު ލެވޭއިރު އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. މީގެ އިތުރުން ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.

