ޔޫނިއަން ފޯރ އެމްޕްލޯއިމަންޓް އެޖެންސީސް އޮފް ދަ މޯލްޑިވްސް (ޔޫއީއޭއެމް)ގެ އެގްޒެކެޓިވްބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ހާމަކުރިގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ހުރިހާ އެމްޕްލޯއިމަންޓް އެޖެންސީތަކަށް މިފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. ޔޫއީއޭއެމްގެ އެގްޒެކެޓިވް ބޯޑުގެ ދެ މަޤާމަކަށް ( ފައިނޭންޝަލް ކޮންޓްރޯލާ – 01، އެގްޒެކެޓިވް މެމްބަރުން – 03 )މެމްބަރުން ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.
މިމަޤާމުތަކަށް ކުރިމަތިލެވޭނީ އެ އެޖެންސީ ޔޫއީއޭއެމްގައި ރެޕްރެޒެންޓްކުރާ 01 ޑިރެކްޓަރަކަށް ކަމަށް އެ އެސޯސިއޭޝަނުންވަނީ އަންގާފައެވެ. މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 24 މެއި 200 ގެ 14:00 އެވެ.
އެސޯސިއޭޝަންގެ މެމްބަރަކަށް ވުމަށް މެމްބަރޝިޕް ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ އެންމެހާ ލިޔުންތައް މިއެސޯސިއޭޝަނުގެ އޮފިޝަލް އީމެއިލް އެޑްރެސް ueamaldives@gmail.com އަށް ފޮނުއްވުމަށް ދަންނަވަމެވެ.
އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަަކަށް މެމްބަރުން އިންތިހާބު ކުރުމަށްޓަކައި ބައި އިލެކްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ބައި އިިލެކްޝަން ބާއްވަން ކަނޑައަޅާފައިވަނީ 29 މެއި 2022 ވާ އާދީއްތަ ދުުވަސް ކަމަށް ޔޫއީއޭއެމް އިން ވަނީ ބުނެފައެވެ.
ބައި އިލެކްޝަނުގައި ވޯޓުލުމުގައި ބައިވެރިވެވޭނީ 25 މެއިި 2022 ގެ ނިޔަލަށް މެމްބަރުކަމަށް ހުށަހަޅާ އެޖެންސީތަކަށެވެ.

