މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ. މިކަން ހިނގާފައިވަނީ ށ އަތޮޅު ފުނަދޫގައެވެ.
މައުލޫމާތު ލިބުނުގޮތުގައި ދަންޖެހި އަމިއްލައަށް މަރުވެފައިވަނީ ށ.ފުނަދޫގައި ދިރިއުޅެމުންދާ އުމުރުން 27 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާއަކީ އެރަށުގެ ކެފޭއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.
އެރަށުން މީޑީޔާއިން މައުލޫމާތު ދިން މީހަކު ބުނާގޮތުގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. އަދި އެކަން ފުލުހުންނަށް ވެސް އަންގާފައިވާ ކަމަށް އެ މީހާ ބުންޏެވެ.
އެހެން ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެއެވެ.

