ނެދަލޭންޑްސްގެ ބަސް ކަމުގައިވާ ޑަޗް ބަހުން ޓިކްޓޮކްގެ ޕްރައިވެސީ ޕޮލިސީ ނުދިނުމުން އެ ގައުމުން ޓިކްޓޮކް ޖޫރިމަނާ ކޮށްފިއެވެ.
އެގައުމުގެ ޑާޓާ ޕްރޮޓެކްޝަން އިދާރާއިން ބުނީ ޑަޗް ބަހުން ޓިކްޓޮކްގެ ޕްރައިވެސީ ޕޮލިސީ ކިޔޭގޮތަށް ހަދައިދިނުމަށް އެދެމުުންވެސް އެކަން ނުކުރުމުން ކުރި ޖޫރިމަނާއެއްކަމަށެވެ.
ޓިކްޓޮކް ޖޫރިމަނާ ކޮށްފައިވަނީ 750،000 ޔޫރޯ އިންނެވެ.
އެއިދާރާއިން ބުނީ ޓިކްޓޮކް ބޭނުންކުރާ ގިނަ ކުޑަކުދިންނަަށް އިނގިރޭސި ކިޔަން ރަނގަޅަށް ނޭނގޭކަމަށެވެ. އަދި ޓިކްޓޮކް އެޕް ބޭނުންކުރާ މީހުންނާ ބެހޭ އަމިއްލަ މައުލޫމާތު ބޭނުންކުރާ ގޮތުގެ ތަފްސީލެއް ޓިކްޓޮކަކުން ނުދޭ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.
މީގެ އިތުރުން އެއިދާރާއިން ބުނީ އެގައުމުގެ ޕްރައިވެސީ ގާނޫނު ބުނާގޮތުން އެމީހުންގެ އަމިއްލަ މައުލޫމާތާ މެދު ކަންތައް ކުރާގޮތުގެ ތަފްސީލް އެމީހުންނަށް އެނގެންޖެހޭކަމަށެވެ.
ޓިކްޓޮކް އަކީ މިހާރު ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އެގޮތުން މި ޕްލެޓްފޯމަކީ ރާއްޖޭގައި ވެސް މަގްބޫލު އެޕްލިކޭޝަނެކެވެ.

