ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، މި ގައުމުން ފޭބުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީން ހިންގާ "އިންޑިޔާ އައުޓް" ހަރަކާތުގައި ބައިވެރިވި ޕީޕީއެމްގެ ޔޫތު މެމްބަރު ނުހާ ހައްޔަރުކުރުމުން ވަރަށް ކިޔަމަންތެރިކަމާއެކު ގޮސް ފުލުހުންގެ ވެހިކަލަށް އެރިއެވެ. އެހެންނަމަވެސް ދެން ފެނިގެން ދިޔައީ ފުލުހުން ނުހާ ގެންގޮސް އައިޖީއެމްއެޗްގެ އައިސީޔޫއަށް ވެއްދި މަންޒަރެވެ. މިވީ ކިހިނެއް ހެއްޔެވެ؟
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، މި ގައުމުން ފޭބުމަށާއި، އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، ރޭ މާލޭގައި ބޭއްވި ސުލްހަވެރި އެއްވުމުގައި އިންޑީޔާ އައުޓް ލިޔެފައިވާ ދިދައެއް ހިފައިގެން އުޅުނު ނުހާގެ ފަހަތުން ސިފައިންގެ އޮފިޝަލަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިވަނީ މީސްމީޑިއާގައި އާންމުވެފައެވެ.
ވީޑިއޯގައި ފެންނަގޮތުގައި ނުހާގެ އަތުގައި އިންޑިޔާ އައުޓް ލިޔެފައިވާ ބޮޑު ދިދައެއް އޮތެވެ. އެހެންކަމުން އެދިދަ އަތުލުމަށް އެމްއެންޑީއެފްގެ މީހަކު ނުހާ ފަހަތުން ދުވަމުންދެއެވެ. ސިފައިންގެ މީހާއަށް ނުހާ އަތު ނުވެގެން ވަކި ހިސާބަކުން އަނބުރާ އަންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ނުހާ އަތުލައިގަނެގެން ގެންގޮސް ވެހިކަލަށް އަރުވާ މަންޒަރު ދައްކައިދޭ ވީޑިޔޯ އަކާއި ފުލުހުން ނުހާ ގެންގޮސް އައިޖީއެމްއެޗަށް ވައްދާ ވީޑިޔޯއެއްވެސް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ.
https://www.facebook.com/ibrahim.razzan.31/videos/697280164889212
މިވީޑިޔޯތައް ހިއްސާކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ ފުލުހުންނަކީ ލާއިންސާނީ ބައެއް ކަމަށާއި ނުހާ ހައްޔަރު ކުރުމަށްފަހުު ނުހާއަށް އަނިޔާ ކުރި ކަމަށެވެ. އަދި ފުލުހުންގެ ވެހިކަލަށް އަރުވާ ނުހާގެ މޭމަތީގައި އެންކަލް ބޫޓަކުން ތަޅާ އަނިޔާކުރިކަމަށް ބަޔަކު ދަނީ ތުހުމަތު ކުރަމުުންމެވެ.
ނުހާއަށް މިވީ ކިހިނެއް ހެއްޔެވެ؟ ވެހިކަލަށް އެރީ ކިޔަމަންތެރިކަމާއެކުއެވެ. ދެން ފެނުނީ ކޮޅަށްވެސް ނުހުރެވޭ ވަރަށް ހާލު ދެރަވެފަ އިންދާއެވެ. އެތައް ބަޔަކު ދަނީ ސޯޝަލް މީޑީޔާގައި ސުވާލު އުފައްދަމުންނެވެ. އެވީޑިޔޯތަކަށް ކޮމެންޓު ކުރި ބައެއް މީހުން ބުނި ގޮތުގައި، މިއަދު ދިވެހި ސިފައިންނާއި ފުލުހުންނަށް އަމިއްލަ ގައުމުގެ ރައްޔިތުންގެ މަސްލަަހަތަށްވުރެ މުހިންމީ އިންޑިއާގެ "ކަރާމާތް" ދެމެހެއްޓުމެވެ. އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން އިދިކޮޅުގައި ތިބިއިރު، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގުގެ ވާހަކަ ދެއްކިއިރު، ވެރިކަން ލިބުމުން އަމަލުތައް ބަހައްޓަމުން ދަނީ ކިހިނެއްތޯ މީހުން ވަނީ ސުވާލު ކޮށްފައިވެއެވެ.
މިއީ ފަލަސްތީނުގެ ބިމުގައި، ޔަހޫދީން ހިންގާ ފަދަ ލާއިންސާނީ އަމަލެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަ ކުރިއެވެ.
އިދިކޮޅުން ރޭ ބޭއްވި އެއްވުމުގެ ތެރެއިން 7 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އަނިޔާލިބުނު ދެމީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެެ.

