ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފުރަތަމަ ފިޔަވަހިގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ގަލުގެ ފުރަތަމަ ޝިޕްމަންޓު ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާޜު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ސަރަހައްދު ކޮނުމުގެ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 890 އަކަ މިޓަރުގެ ސަރަހައްދެއްގައި ޕޭމަންޓުލުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މިމަސައްކަތަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ.

