މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދިވެހި ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މާފަންނު އުނިގަސްމަގުގައި ހުރި ގެއެއްގެ ގޭސްފުޅި ގޮވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މިހާދިސާގައި ދިވެހި ފިރިހހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

