ސުޕަރ ވިޝަން، އޮޕްޓިކަލް އާއި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ގދ.ތިނަަދޫގައި ލޮލުގެ ޚާއްސަ ކޭމްޕެއް ބާއްވަން ހަމަޖައްސައިފިއެވެ.
މި ކޭމްޕް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 8:00އަށް ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ، މި ކޭމްޕަކީ އަމިއްލަ ރަށުގައި ތިއްބަވައިގެން ނަންބަރު އައިނު ހެއްދެވުމަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ސްކޫލު ކުދިންނަށް %15 ޑިސްކައުންޓް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކޭމްޕުގައި ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކާރު އޮޕްތޮމެޓްރިސްޓެއްގެ އެހީގައި ލޮލުގެ ނަމްބަރު ނަގައި އައިނު ހެއްދޭނެ އެވެ. އަދި ލޮލުގައި އިތުރު މައްސަލައެއް ހުރި ނަމަވެސް އެ މައްސަލައަކާއި ގުޅޭ ފަރުވާ މި ކޭމްޕުން ލިބިގެންދާނެ ކަމަށް ސާލިމް ވިދާޅުވިއެވެ.

ަސާލިމް އިތުރަށް ވިދާޅުވީ، މި ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެމީހެއް ފުރިހަމަ ނަމާއި، އެޑްރެސް އަދި ގުޅޭނެ ފޯން ނަމްބަރު ޖެއްސެވުމަށްފަހު 9642976 އަށް މެސެޖު ކުރެއްވުމަށެވެ. ނުވަތަ ނަންނޯޓު ކުރުމަށް ހޮސްޕިޓަލް ރިސެޕްޝަން ނަމްބަރު 1555 ބޭނުންކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

