ހުވަދު އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި ގދ. ލޮނުދުހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން އެރަށަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭގެއެވެ.
ގދ. ލޮނުދުހުއްޓާއަކީ ރިސޯޓެއްގެ ގޮތުގައި ހަދަމުން އައި ރަށެކެވެ. އެހެންނަމަވެސް މިރިސޯޓުގެ މަސައްކަތް މިވަގުތު ވަނީ ހުއްޓާލާފައެވެ. އެރަށުގައި މީހުން ދިރިނޫޅެއެވެ.

