ކައިވެނި ކުރުމަކީ ގިނަ ބަޔަކަށް ބޮޑު އުފަލެއް ގެނެސްދޭ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ގޮންޖެހުންތައް ވެސް ކުރިމަތިވެ، ގިނަ ފަހަރަށް ފުން އަސަރުތަކެއް ކުރުވަ އެވެ. ދިގު މުއްދަތުގެ “ކަނެކްޝަން” ހިފެހެއްޓުމަކީ މުހިންމުކަމެކެވެ. މަގުފުރެދިފައިވާ ގަބޫލުކުރުންތައް ނުވަތަ ފުށުއެރުންތައް އަމިއްލައަށް ހިފަހައްޓަން މަސައްކަތް ކުރަން ޖެހެވެ. ސަބަބަކީ ކައިވެނީގައި ފޮރުވިފައިވާ ހަޤީޤަތްތަކެއް ވާތީއެވެ.
ކައިވެނިކުރާ ކޮންމެ މީހެއްގެ ވެސް ބަލިކަށިކަމެއް ވެއެވެ. ހަމައެކަނި ހުރިހާކަމެއްގަވެސް ކުޅަދުންވަންތަ ފަރާތަކީ ﷲސުބުހާނަހޫ ވަތަޢާލާއެވެ. ވީމާ ބައިވެރިޔާގެ ބަލިކަށިކަމަށް ފޯކަސްކުރާނަމަ އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭނެވެ.
ކޮންމެ މީހެއްގެވެސް އަނދިރި ހަޔާތެއްވާނެއެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކައިވެނި ކުރާއިރު ނުވަތަ ކައިވެނި ކުރަން ބޭނުންވުމުން ކޮންމެވެސް މީހެއްގެ ކުރީގެ މާޒީއަށް ފުންމާލުން ހުއްޓާލަންވެއްޖެއެވެ. އެންމެ މުހިންމު ކަމަކީ ބައިވެރިޔާގެ މިހާރުގެ ދިރިއުޅުމެވެ. ދުވަސްވީ ކަންކަން ވަނީ ފާއިތުވެގޮސްފައިއެވެ.
ކައިވެނި އެހެން މީހަކާއި އަޅާ ކިޔުމުގެ ސަޤާފަތް ހުއްޓާލަން ވެއްޖެއެވެ. އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ހަމަހަމައެއް ނުކުރެވޭނެއެވެ. ބައެއް މީހުންނަކީ ވަރަށް ފަހަތުގައި ތިބޭނެ އަދި ކުރީގައި ތިބޭނެ ބައެކެވެ. ނަމަވެސް އެމީހަކަށް ﷲ އިރާދަކުރައްވާފައިވާ ރިޒުޤަކީ އެއްވެސް މީހަކަށް އެގޭނެ ކަމެއް ނޫނެވެ. ހުރިހާވެސް ހިތްވަރަކީ ކައިވެނި ސްޓްރެސްއިން ސަލާމަތްވުމަށް ކެތްތެރިވުމެވެ.
އެމީހަކު އެދޭ ފުރިހަމަ މީހާ الله ތަޢާލާ ދެއްވަވާނެތެވެ. އެކަން ޙާޞިލުކުރެވޭނީ ނަމާދުކުރުމާއި ދުޢާކުރުމާއި ލޯބިކުރުމާއި ކެތްތެރިވުމުގެ ތެރެއިންނެވެ.
ކައިވެނި ކުރުމަކީ ވަރަށް ބޮޑު ރިސްކެއް ނަގާ ކަމެކެވެ. މުސްތަޤްބަލުގައި ވާނެ ގޮތް އަންދާޒާއެއް ނުކުރެވޭނެއެވެ. ހާލަތު ބަދަލުވެދާނެއެވެ. ބައިވެރިޔާގެ ރަނގަޅު ވަޒީފާ ގެއްލިދާނެއެވެ. ނުވަތަ ދަރިން ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮންމެ ކައިވެނިން ވެސް އަގު ދައްކަން ޖެހެއެވެ. ކައިވެނި ކުރުމަކީ ބޭންކް އެކައުންޓެއް ފަދަ ކަމެކެވެ. އެއީ ތިބާ ޑިޕޮސިޓް ކުރާ ލޯތްބާއި، ޞުލްޙަވެރިކަމާއި، އަޅާލުމެވެ. އެހެން ނޫންނަމަ ކުރިމަތިލެވޭނީ އުފާވެރި ގެއަކަށް ނޫނެވެ. ކޮންމެއަކަސް ކައިވެނިކުރުމުގައި އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ވެސް ގޮވާލަނީ ދިރިހުރި ޤުރުބާނީއެއް ކަމުގައި ނޫނީ ނުވެއެވެ.

