ލަކުޑު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން ހާމަކުުރި ގޮތުގައި މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، ދޯނި އަޑިޔަށް ދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.
މިއެކްސިޑެންޓުގައި ގެއްލުން ލިބިފައިވަނީ "ހުވަނދުމާ 2" ނަކަމަށް ކިޔާ މުދާ އުފުލާ ދޯންޏަކަށެވެ. މިދޯނި ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިިނުވެއެވެ.
"ހުވަނދުމާ 2" ދޯނި ސަފާރީގައި ޖެހި ފަޅައިގެންގޮސް އަޑިޔަށް ދިޔަ ހާދިސާ ހިނގާފައިވަނީ އެ ދޯނި ޓީޖެޓީ ސަރަހައްދަށް ވަން ފަހުން ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށް ލިބުނު ކަމަށާއި މިމައްސަލައިގައިި ބަލަންޖެހޭ ކަންތައްތައް ބަލަމުންގެންދާ ކަމަށެވެ.

