ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "ބިރުވެރި ވާހަކަ" ޓްރެއިލާ ނެރެފިއެވެ.
އިއްލެގެ ޕްރޮޑަކްޝަން ކަމަށްވާ އައި ފިލްމްސްއިން ނެރޭ ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ"އިގެ ޓްރެއިލާވެސް އެހާ ބިރުވެރިއެވެ.
ދިރާގު ޓީވީ އާއި އައި ފިލްމްސް ގުޅިގެން އުފައްދާފައިވާ މިފިލްމު އަންނަ ޖޫންމަހު 3 ވަނަ ދުވަހު ދައްކަން ފަށާނެއެވެ.
ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ތަފާތު 5 މީހެއްގެ ފަސް ވާހަކައެވެ. އެހެންނަމަވެސް އެއްވާހަކަ އަނެއްވާހަކަ އާއި ވަނީ ގުޅިލާމެހިފައެވެ.
މީގެކުރިންވެސް މިފިލްމުގެ ޓްރެއިލާއެއް ވަނީ ނެރެފައެވެ. މިޓްރެއިލާގައިވެސް ފެނިގެންދަނީ އެފަދަ ބިރުވެރި މަންޒަރުތަކެވެ. އަދި މިއީ ހުރިހާ ކަމެއްގެ ފެށުން ކަމުގައި އެޓްރެއިލާގައި ބުނެއެވެ.
ތުރިލާ އާއި މިސްޓްރީ ފިލްމުތައް އުފައްދައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ހިތުން ޖާހަ ހޯދި އިއްލެ މިހާރު އަންނަނީ ބިރުވެރި ވާހަކަތަކެއް ކިޔައިދޭ ޝޯ ދައްކަނީ އެންތޮލޮޖީ އެޕިސޯޑުތަކެއްގެ ގޮތުގަ އެވެ. ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ސީރީޒްގައި ޖުމުލަ 15 އެޕިސޯޑް ހިމެނެއެވެ.
މިފިލްމުގެ ފުރަތަމަ ލަވަ "ޝައިތާނާ" ރިލީޒްކުރެވުނުތާ މާގިނަ ދުވަހެއް ނުވެ ގިނަ ބައެއްގެ މަޤްބޫލުކަން މިވަނީ ހޯދާފައެވެ.
މަޝްހޫރު ތަރިންނާއި ދެކެ ފަރިތަ އެތައް މޫނުތަކެއް ހިމަނައިގެން އުފައްދާފައިވާ މިފިލްމުގެ ޑައިރެކްޓަރަކީވެސް އިއްލެއެވެ.

