ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ސެމިނާރެއް ބާއްވައިފިއެވެ.
މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމަޔަށް އިސްލާމިކް މަރުކަޒުގައި ބާއްވާ މިސެމިނަރއަކީ އިލްމް އިންސްޓިޓިއުޓްއާއި އިސެސްކޯއާ ގުޅިގެން ބާއްވާ މިސެމިނާރެކެވެ. ރާއްޖޭގައި އަރަބި ބަސް އުގެނި އަދި އުގަންނައިދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކޮށް މިކަމާއި ބެހޭގޮތުން މަޝްވަރާކޮށް މިހާރަށްވުރެ ހަރުދަނާކޮށް އަރަބި ބަސް ކިޔަވައިދެވވޭނެ ގޮތްތައް ދެނެގަތުމަށް، ބާއްވާ ޚާއްސަ ސެމިނަރއެކެވެ.
ދިވެހިރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމުގައި ޝާމިލުވާ 9 މުއައްސަސާއަކުން، ޖުމްލަ 30 ބޭފުޅުން ވަނީ މިސެމިނާރގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުންވެސް ހިމެނެއެވެ.

