މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި ގެއްލުނު ކުޑަކުއްޖާ ފެނިފައިވާ ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެއްޓި ގެއްލުނު ކަމުގެ ރިޕޯޓް މިރޭ 8:30 ގައި ލިބިފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. އަދި މިހާރު އެކުއްޖާ ފެނިއްޖެ ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.
މައުލޫމާތު ލިބުނު ގޮތުގައި އެކުއްޖާ ވެއްޓުނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހުރި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގެ މަތިންނެވެ.
އިމާރާތުން ވެއްޓުނު ކުޑަކުއްޖާ ފެންނަން ނެތުމުން އެކުއްޖާ ގެއްލިގެން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އަދި އެ ކުއްޖާ ގެއަށް އައިސްފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

